logo minivan

English

އަންގާރަ, 16 ޖުލައި 2024
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އާއި ކުރީގެ ނައިބް ރައީސް މައިކް ޕެންސް

އިންތިހާބުގެ ތަހުގީގަށް ޕެންސްގެ ހެކިބަސް ނެގުން ހުއްޓުވަން ޓްރަމްޕް މަސައްކަތްކުރަނީ

2020 ވަނަ އަހަރު އެމެރިކާގެ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމަލުކުރެއްވި ގޮތް ބަލަމުންދާ އިންވެސްޓިގޭޓަރުންނާއި ކުރީގެ ނައިބް ރައީސް މައިކް ޕެންސް ހެކިބަސް ދިނުން ހުއްޓުވަން ޓްރަމްޕްގެ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެނގިވަޑައިގަންނަވާ ކަންކަމުގެ މައުލޫމާތު ދެއްވުމަށް ގާޒީން ވަނީ މިދިޔަ ހަފުތާގައި ޕެންސްއަށް އަމުރުކޮށްފައެވެ. އެކަން ހުއްޓުވަން ޓްރަމްޕްގެ ވަކީލުން މަސައްކަތްކުރެއްވި ކަމަށް ވިޔަސް ޕެންސް ވަނީ ފަނޑިޔާރުގެ އަމުރާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޕެންސްގެ ހެކިބަސް ނެގުން ހުއްޓުވުމަށް ޓްރަމްޕްގެ ވަކީލުން އެހެން ކޯޓަކަށް އަންގާފައިވީ ނަމަވެސް މިފަހަރު މިއީ އާންމުންނަށް ނުފެންނަ ސިއްރު ކޯޓެއްގެ ފައިލިންއެކެވެ.

ވަކީލުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ޕެންސް، އިންވެސްޓިގޭޓަރުންނާ ވާހަކަ ދެއްކުން ހުއްޓުވޭނެ ގޮތެއް ހޯދަމުންނެވެ.

ތަހުގީގީ ފަރާތްތަކާ ވާހަކަ ދައްކަން ޕެންސް ތައްޔާރުވަމުން އަންނައިރު 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕްގެ ޓީމުން އެ ތަހުގީގާ މެދު ނުތަނަވަސްވެފައިވާ އިރު، ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މަސައްކަތް ކުރަނީ ގާނޫނީ ގޮތުން މުހިންމު ހިމާޔަތްތަކެއް ނަގަން ކަމަށް ބުނެ ވަކީލުންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *