logo minivan

English

އަންގާރަ, 23 ޖުލައި 2024

"ޕޮންޒީ ސްކީމް" ފަދަ ސްކޭމްތައް ހުއްޓުވޭގޮތަށް ގަވައިދު ބަދަލުކޮށްފި

"ޕޮންޒީ ސްކީމް" ފަދަ ސްކޭމްތައް ހުއްޓުވޭގޮތަށް ، އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރ ކޮށް ހިންގުމާބެހޭ ގަވާއިދުގަވައިދަށް ބަދަލުކޮށްފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ނެރުނު  " އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރ ކޮށް ހިންގުމާބެހޭ ގަވާއިދު" ގެ ތިންވަނަ އިސްލާހުގައިވާ ގޮތުން، ދެފަރާތެއްގެ ދެމެދުގައި ވެވޭ މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބޭ އެއްބަސްވުންތަކަކީ އެ އޮތޯރީގައި ރަޖިސްޓްރީ ކުރަން ޖެހޭ އިންވެސްޓްމަންޓެއްކަން އެއޮތޯރިޓިއަށް ކަނޑައެޅިދާނެއެވެ.

އެގޮތުން އެފަދަ އިންތިޒާމުތައް ރަޖިސްޓްރީ ކުރުން ޖެހޭ ކަމުގައި ކަނޑައެޅުމަށް ބަލާ ކަންކަމަކީ :

  1. އެ އިންތިޒާމު ހިންގާގޮން އިންވެސްޓްމަންޓް ފަންޑެއްގެ ސިފަތައް ހުރިކަމަށް އެއޮތޯރިޓ އަށް ގަބޫލުކުރެވުން؛

2. އެފަދަ އިންތިޒާމެއްގައި އިންވެސްޓްކުރުމަށް އާންމުކޮށް ހުޅުވައިލައިފައި ހުރިކަމަށް އެއޮތޯރިޓ އަށް ގަބޫލުކުރެވުން؛

3. އެފަދަ އިންތިޒާމެއް އާންމުކޮށް އިސްތިހާރުކުރާކަމަށް އެއޮތޯރިޓީއަށް ގަބޫލުކުރެވުން؛

4. އެފަދަ އިންތިޒާމެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އަދަދު 50 އަށްވުރެ އިތުރުކަމަށް އެއޮތޯރިޓ އަށް ލިބޭ މައުލޫމާތުން އެނގެން އޮތުން

މި ކަންކަމުގެ އިތުރުން ވެސް އެއޮތޯރިޓ އަށް ފެންނަ އެހެނިހެން ކަންކަމަށް ރިއާޔަތް ކުރެވިދާނެ ކަމަށް ވެސް އެ ގަވައިދުގައި ވެއެވެ.

އަދި އެފަދަ ފަންޑެއް ނުވަތަ އިންތިޒާމެއް ހިންގަނީ އެކަކު ނުވަތަ ގިނަބަޔަކު ކަމަށް އެއޮތޯރިޓީ އަށް ގަބޫލުކުރެވޭނަމަ އަދި
އެ ފަންޑުތަކުގެ ނުވަތަ އިންތިޒާމްތަކުގެ ޖުމުލަ ބައިވެރިންގެ އަދަދު 50 އަށް ވުރެ އިތުރުނަމަ ރަޖިސްޓާ ކުރަން އެންގިދާނެކަމަށް ވެސް ގަވައިދުގައި ވެއެވެ.

މިއަދުން ފެށިގެން މިގަވައިދަށް އަމަލުކުރަން ފަށާނެއެވެ. މިގަވައިދުގެ ސަބަބުން، އޮލުވާލައިގެން ހިންގާ ޕޮންޒީ ފަދަ ސްކީމުތައް ހިންގުމަށް ހުރަސް އެޅޭނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *