logo minivan

English

އަންގާރަ, 23 ޖުލައި 2024

ފުއްގިރި މައްސަލަ: ހެކި ބަލައިނުގަންނަން އެދި ޔާމީނު ހުށަހެޅި މައްސަލަ ހައިކޯޓުގައި ނާކާމިޔާބު ވެއްޖެ

ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ކަނޑަައަޅަން ޔާމީނުގެ ފަރާތުން ހައިކޯޓަށް ހުށަަހެޅިި އިސްތިއުނާފު އެމަނިކުފާނަށް ނާކާމިޔާބު ވެއްޖެ އެވެ.

ދައުލަތުން ހުށަހެޅި ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ސަބަބެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ފާހަގަ ކުރި ނުކުތާއަކީ، ހެކި ހުށަހެޅި ސަބަބުތަކާއި އެ ހެކި މެދުވެރިކޮށް ސާބިތުކުރާން އޮތް ކަންކަމާއި ދައުވާތަކާ ގުޅުމެއް ނެތް ކަމެވެ. ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ޔާމީންގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބަދަލުކުރަން ޖެހޭ ވަރުގެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ޔާމީންގެ ފަރާތުން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އެގޮތަށް ހުކުމްކުރީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒު ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *