logo minivan

English

ހޮނިހިރު, 13 ޖުލައި 2024

އިނގުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށްފި

ރ. އިނގުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރު ކޮށްފައިވަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެށި އޮޕަރޭޝަނެކެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ފުޅާދާއިރާއެއްގައި އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އޭނާގެ އަތުން ހޯދާފައިވާކަމަށެވެ.

މި މައްސަލަ މިހާރު ދަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ބަލާ ތަހުގީގުކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *