logo minivan

English

ބުދަ, 24 ޖުލައި 2024
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގަންނަަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޕެރޯލް ދަށުން މިނިވަންވުމަށް ޤާނޫނީ އެއްވެސް ހުރަހެއްނެތް: ވަކީލު ޝަޒީމް

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސްގެ ރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރުއަށް ޕެރޯލްގެ ފުރުޞަތު ލިބި ޤާނޫނީ ގޮތުން މިނިވަންވުމަށް އެއްވެސް ހުރަހެއް މިހާރަކު ނެތް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޒު ޝަޒީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަޒީމް ވިދާޅުވީ، އަޙްމަދު އަދީބު މިހާރު ތަންފީޒުކުރަމުންދަނީ ކުރިމިނަލް ކޯޓުގެ 2020 ވަނަ އަހަރުގެ 627 ނަންބަރ ގަޒިއްޔާއިން ބަލައި ޙުކުމްކޮށްފައިވާ ހުކުމް ތަކުގެ ތެރެއިން ތަންފީޒު ކުރަމުންދާ އެންމެ ބޮޑު ހުކުމް 05 އަހަރާއި 11 މަހާއި 21 ދުވަހުގެ ޖަލު ޙުކުމެއްކަމަށާއި، އެޙުކުމުގެވެސް ޕެރޯލް ފުރުޞަތު ޤާނޫނީ ގޮތުން ލިބުމަށްޓަކައި ތަންފީޒުކުރަންޖެހޭ ޙުކުމުގެ މުއްދަތުވެސް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.
ވަކީލު ޝަޒީމު ވަޙީދު ވިދާޅުވީ، އަޙްމަދު އަދީބު ޢަބްދުލް ޣަފޫރަކީ އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒުކުރުމާއި، ޕެރޯލް ފުރުސަތު ލިބި މިނިވަންވުމުގައި، ޤާނޫނީ ގޮތުން ލިބެންޖެހޭ އެންމެހައި ލުއިތަށް ޙައްޤުވާ ފަރާތެކެވެ.

އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު ތަޙްޤީޤު މަރުޙަލާ އަދި ކުށް ސާބިތުވެ ޙުކުމް ތަންފީޒުކުރުމުގައި، ޕެރޯލް ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ބުނާ ފަދައިން ޙުކުމުގެ ތިން ބައިކުޅަ އެއްބައިގެ މުއްދަތުވެސް ފުރިހަމަވެ ނިމިފައިވާއިރު، ޖަލު ތަކާއި ޕެރޯލް ޤާނޫނު ބުނާ ފަދައިން، ފުލުހުން ތަޙްޤީޤުކުރާ އިތުރު މައްސަލައެއް ނުވަތަ އަޙްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ އިތުރު އެހެން ދަޢުވާއެއްވެސް ނެތެވެ. އަދި، މީގެ އިތުރުން ޙުކުމް ތަންފީޒުކުރުމާއި، މުޖުތަމަޢުގައި އަދާކޮށްފައިވާ ދައުރާއި އަދާކުރި ވަޒީފާތަކަށް ބަލާއިރުވެސް، ހުރިހާ ގޮތަކުންވެސް ޕެރޯލް ފުރުޞަތު ލިބި އަޙްމަދު އަދީބު މިނިވަންވުން ޙައްޤުކަމުގައި ވަކީލު ޝަޒީމު ބުނެފައިވެއެވެ.

"ޖިނާޢީ ޢަދުލުގެ ނިޒާމުގައި އިޢުތިރާފުވުމަކީ ޤާނޫނީ ގޮތުން ލިބެންޖެހޭ ހުރިހާ ލުޔެއް އެމީހަކަށް ލިބުން ޙައްޤުވާކަމެއް. އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެންވެސް އަޙްމަދު އަދީބު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެއްބާރުލުންދީފަވޭ. އަޙްމަދު އަދީބުއަކީ ޕެރޯލް ފުރުޞަތު ލިބި، މިނިވަންވުމުގެ ފުރުސަތު ލިބެން ޙައްޤުވާ ފަރާތެއް. އަދީބު މިނިވަންކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާނަން". ވަކީލު ޝަޒީމު ބުނެފައިވެއެވެ.

ޕެރޯލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މާފް "ކްލެމެންސީ" އަށްވެސް އަހުމަދު އަދީބު ޝަރުތު ހަމަވެއެވެ. އެހެންކަމުން އަހުމަދު އަދީބު މިނިވަން ކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް މިހާރަކު ނެތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދައުލަތުން 1.2 ބިލިއަން ރުފިޔާ ކާލައިގެން ހުރި މީހަކު މިނިވަންކޮށް ދޫކޮށްލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ. !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *