logo minivan

English

ބުދަ, 24 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

މެމްބަރު ހުސައިންގެ ބަހުގެ ހަމަލާތައް ގާސިމަށާއި ފިކުރެއްގެ ދިރުމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި ފިކުރެއްގެ ދިރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވައިގެން އުޅުއްވާ ގްރޫޕަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) މިއަދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުސައިން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އިރު، ގާސިމް ދެ އަހަރު ދުވަސްވަންދެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިނުގެން ކަމަށެވެ. ގާސިމްގެ ވިޔަފާރި އެހާ ހިސާބަށް ގެންނަން މަސައްކަތް ކުރި މުވައްޒަފުންގެ މުސާރަ އެންމެ 1،000 ރުފިޔާއަށް ދަށްކުރި ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އޭނާގެ ކުންފުންޏަށް ފައިސާ ދިން ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

"މިފަދަ ފިކުރު ހުރި ބޭފުޅަކީ ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅުންގެ ގޮތުގައި ފިކުރެއްގެ ދިރުމުގެ 12 ވަރަކަށް މެމްބަރުންނަށް ފެނިގެން ގޮސް ، މި މަޖިލީހުގެ އިއްޒަތްތެރި ރައީސާއި ނައިބުރައީސަށް ވެސް ފެނިގެން ގޮސް، ފަަހަތަށް އަރައި، ވެރިކަން ހޯދައިދޭން، އެމްޑީޕީ ގިއްގަޅުވާލާފައި އުޅެން ދިމާކުރީމާ މިއީ ހުތުރުކަންކަން. މިއީ ދަށް ފެންވަރު ކަންކަން،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ އެމްޑީޕީގެ އަސާސީ ގަވައިދާ ވެސް ހިލާފު ކަންތައްތައް ކަމަށާއި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ގަވައިދާ ވެސް އެކަން ހިލާފު ކަމަށެވެ. ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތްތެރިވާ މެމްބަރުން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވުމަށް ވުރެ ދެން ރަނގަޅުވާނީ ޖޭޕީއަށް ބަދަލުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރާ އިދިކޮޅަށް މި މަސައްކަތްކުރާ ކުރުން އެބަ ޖެހޭ ހުއްޓުވަން، އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕްގައި ހެދިފައި ހުރި އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރާތީ އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީުގެ ރިޔާސަތަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދެ ބޭފުޅަކު ނެގީ އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރާކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *