logo minivan

English

އަންގާރަ, 23 ޖުލައި 2024

ބީއެމްއެލްގެ ޕްރޮމޯޝަނަކުން އިސްތަންބޫލް ދަތުރެއް

ޕްރޮމޯޝަނެއްގައި ބައިވެރިވެގެން ، އިސްތަންބޫލްގައި އޮންނަ ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް ބެލުމަށް ދާން ، 2 މީހަކަށް ދަތުރުދޭން ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑު ކަސްޓަމަރުންނަށް މިއަދު ހުޅުވާލި މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓަރކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 އެޕްރީލް އިން 9 މެއި 2023 ގެ ނިޔަލަށެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

މި ޕްރޮމޯޝަނުގެ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެކަމަށް އެބޭންކުން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *