logo minivan

English

ބުދަ, 24 ޖުލައި 2024

ދޫނި ރޯގާ ޖެހިގެން ޗައިނާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

ޗައިނާގެ ދެކުނުގައި ދޫނި ރޯގާގެ ބާވަތެއް ކަމަށްވާ H3N8 އަށް ޕޮޒިޓިވްވި އުމުރުން 56 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނި ގޮތުގައި މިއީ ޗައިނާގައި ދޫނި ރޯގާގެ ސްޓްރެއިންގައި އިންސާނަކު މަރުވި ފުރަތަމަ ފަހަރުު ކަމަށެވެ.

H3N8 އަކީ އާންމުކޮށް ދޫނިސޫފާސޫފީގެ ކިބައިން ފެންނަ ބަޔެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހާއި މެއި މަހު ޗައިނާއިން ދެ ކޭސް ފެނުމާ ހަމައަށް އިންސާނުންގެ ކިބައިން މީގެ ކުރިން ފެނިފައެއް ނުވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ޗައިނާގައި "H3N8 " ޖެހިގެން މަރުވި އަންހެން މީހާ އަކީ ކެންސަރު ޖެހިފައިވާ މީހެއް ކަމަށާއި އަދި އިތުރު ސިއްހީ ބަލިތައް ހުރި މީހެއް ކަމަށެވެ. އެއީ ފެބްރުއަރީ މަހު ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހެކެވެ.

އޭނާ މަރުވީ މިދިޔަ މަހުގެ ތެރޭގައެވެ. ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ސަވައިލަންސް ސިސްޓަމް މެދުވެރިކޮށް މި ކޭސް ފެނިފައިވާއިރު، ކޭސްގެ ކްލޯޒް ކޮންޓެކްޓުންގެ ފަރާތުން އިންފެކްޝަނެއް ނުވަތަ ބަލީގެ އަލާމާތްތަކެއް ފެނިފައެއް ނުވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، ޗައިނާ ސަރުކާރުން މި ސްޓްރެއިން އަށް މޮނިޓަރިންގެ ހާލަތު އިތުރުކޮށްފައިވާ ކަމަށާއި އިތުރު އިންފެކްޝަންތައް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *