logo minivan

English

ހޮނިހިރު, 13 ޖުލައި 2024

މާއެނބޫދޫ ސިއްހީ މަރުކަޒު ބޮޑުކޮށް، ލެބޯޓްރީ ހަދަން ބަޔަކާ ހަވާލުކޮށްފި

ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ޑީއެންއެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ހެލްތު މިނިސްޓްރީގައި މިއަދު އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހެލްތް މިނިސްޓްރީން  ބުނި ގޮތުގައި އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 4.7 މިލިޔަން ރުފިޔާގެ އަގަކަށް، 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ އަބްދުލް ހަންނާނު ހުސައިން ނެވެ. އަދި ޑީއެންއެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަކީބު އަހްމަދު އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *