logo minivan

English

އަންގާރަ, 23 ޖުލައި 2024

އެމްޑީޕީ ގެ ސިޔާސަތާއި، ވިސްނުމަކީ އާއްމު މެންބަރުން ބޭނުންވާގޮތްތަ؟ އަމްރު ބޭނުންވާގޮތްތަ؟

އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ވުޖޫދުވުމުގެ ކުރިންވެސް، އެ ސިޔާސަތުތަކާއި ފިކުރަކީ ޅައުމުރުންސުރެ ފަރިތަ، ސާފުކޮށް ފަހުމްވެފައިވާ، ފުރިހަމައަށް ގަބޫލުކުރި ސިޔާސަތާއި ފިކުރެއް ކަމަށް ދާދިފަހުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ލިމިޓެޑް (އެސް.ޓީ.އޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކަމުން ވަކިކޮށްފައިވާ ހުސައިން އަމްރު ދަންނަވައިފިއެވެ. މި ގޮތަށް އަމްރު ދަންނަވާފައިވަނީ އަމްރުގެ ޓްވީޓާރ އެކައުންޓުން ޓްވީޓްކޮށްފައިވާ 3 ސްފްހާގެ ބަޔާނެއްގައެވެ. އަދި އެމްޑީޕީގެ އާއްމު މެންބަރުންގެ ބޮޑު ނިންމުން ކަމުނޮގޮސްގެން މިވަގުތު އެމްޑީޕީއާއި ދެކޮޅަށް މަސްއަކަތްކުރައްވާ އަމްރުގެ ބަޔާނުގައި އިތުރަށް ދަންނަވާފައިވަނީ އެމްޑީޕީ ގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ބޭފުޅާ ކުރާނެކަމެއްނޫންކަމަށާއި، އެމްޑީޕީއިން ދެކޭ ތަސައްވަރާ އެއްގޮތައް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްތުގައި އެ ބޭފުޅާ ދެމިހުންނާނެކަމަށެވެ.

އަމްރުގެ ޓްވީޓްގައި އެމޭރުމުން ބަޔާން ކޮށްފައިވީނަމަވެސް މިވަގުތު އަމްރު މަސައްކަތްކުރަނީ އެމްޑީޕީ އާއި އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ރިޔާސީ އިންތިޙާބަށް ކެނޑިޑޭޓެއް ނެރުމަށެވެ. އަމްރުގެ ޓްވީޓަށް ރައްދު ދެއްވައި ގިނަ ފަރާތްތަކަކުން ފާހަގަކޮށްފައިވަނީ އެމްޑީޕީގެ އަބަދުވެސް ވިންނުމާއި، ސިޔާސަތަކީ އެޕާޓީގެ އާއްމު މެންބަރުންގެ ފަރާތުން އަންނަ ވިސްނުމާއި، ސިޔާސަތު ކަމަަށެވެ. އަދި އަމްރު ބޭނުންނުވާގޮތައް ރާއްޖޭގެ އެއްމެ ބޮޑު ޕާޓީގެ އާއްމު މެންބަރުންގެ އަގްލަބީޔަތު ބޭނުންވާންޖެހޭނެކަމަށް އަމްރު ދެކުމަކީ މިހާތަނަށް އެއްޑީޕީ އިން ދަސްކޮށްދިންދިން ޑިމޮކްރަސީ އަމްރުއަށް ގަބޫލުކުރެވިފައި ނެތްކަމުގެ ދަލީލެއްކަމަށެވެ.

އަދި އެމްޑީޕީ ގެ ސިޔާސަތާއި، ވިސްނުމަކީ އާއްމު މެންބަރުން ބޭނުންވާގޮތްތޯ ނުވަތަ އަމްރު ބޭނުންވާގޮތްތޯ ވަނީ ސްވާލުކޮށްފައެވެ؟

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިއިން ކޮންމެ މީހަކު ވަކިކުރީމަ ހާދަ ބޮޑު އަގައެއް އޮވެއެވެ. އަދިވެސް މަގާމުގައި ބެހެއްޓިނަމަ، ހުރިހާކަމެއް ހަމަވަރަށް ރަގަޅުވީހެވެ. މުނާފިގުކަން ހައްދެއް ނެތެވެ. ބައިބައި ތިއޮތީ ބޭރުކޮށްފައެވެ. ދެން ހިނދުކޮޅު ގެންނަން ދާނީ ކޮން ރިސޯޓަކަށް ހެއްޔެވެ؟

  2. ލައިކް ފާދަރ ލައިކް ސަން! ބޮއިފި ބޮއިފި ބޮއިފި! ބޯތް ބިސްނަސް ފެއިލް ފެއިލް ފެއިލް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *