logo minivan

English

އަންގާރަ, 23 ޖުލައި 2024

ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގޓަނަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުފުޅަަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ 20) ގެ މާލީ ވާޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ބައްދަލުވުން ކުރިޔަށްދާނީ މިމަހުގެ 12 އިން ފެށިގެން 17 އާއި ހަމައަށް ކަމަށެވެ.

އެގޮތުން މިފަހަރު އެ ބައްދަލުވުމުގެ ޝިއާރަކީ "ޕްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް-ފޯރ-ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވެލޮޕްމެންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން" އެވެ.

އެ ބައްދަލުވުމުގައި ވަލްނަރަބަލް ޓްވެންޓީ (ވީ 20) ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ އެޗް.އީ ކެނެތް އޮފޯރީ އަޓާ ވަނީ ހާއްސަ ދައުވަތުގެ ސިޓީފުޅެއް ރައީސް ނަޝީދަށް ފޮނުއްވާފައެވެ.

އެހެންކަމުން އެ ދަތުރުފުޅުގައި ރައީސް ވަނީ އައިއެމްއެފް އާއި ވާރލްޑް ބޭންކް އަދި ސީވީއެފް ގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *