logo minivan

English

އާދިއްތަ, 03 ނޮވެމްބަރ 2024

އުމުރާއަށް ދިޔަ ދިވެހި އަންހެނަކު ގެއްލިއްޖެން ހޯދަނީ

އުމުރާއަށްދިޔަ ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ތާބިއާތް ހައްޖު އެންޑް އުމުރާ ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅޭ ހއ. ހޯރަފުށީ ނޫވިލާގެ، ފާތިމަތު ވަހީދާއެވެ.

އޭނާ އާއިލާގެ އެހެން މީހުންނާއި އެކު ދަމުނަމާދަށް ދިއުމަށްފަހު، މޯބައިލް، ކާރޑު އަދި ދަބަސް ބޭއްވުމަށްފަހު ޢާއިލާގެ މެންބަރުންނާއި ދުރަށް ދިއުމަށްފަހު އެނބުރި ހޮޓަލަށް އައިސްފައި ނުވާ ކަމަށް އެ ޖަމާއަތުން މައުލޫމާތު ދެއެވެ.

އެހެންކަމުން މައްކާގައި މިހާރު އުޅޭ އެއްވެސް ފަރާތަކަށް ފޮޓޯގައިވާ މީހާ ފެނިއްޖެނަމަ، އެ ޖަމާއަތުގެ ހޮޓްލައިން، 0567066482 | 0540785217 | 0560878064 އަށް ގުޅައި އެކަން އަންގައި ދިނުމަށް އެ ޖަމާއަތުން ވަނީ އެދިފައެވެ.

އަދި އެ ޖަމާއަތުން ބުނީ ވަހީދާ ދަމުނަމާދަށް ދިޔައިރު ލައިގެން ހުރީ ފިޔާތޮށިކުލައިގެ މާޖެހި، ދަނބުކުލައިގެ ހެދުމެއް ކަމަށެވެ. އަދި އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާއެކެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *