logo minivan

English

ބުދަ, 24 ޖުލައި 2024

ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް އަދާ ކޮށްގެން މެނުވީ ރޯދައިގެ ދަރުމަ ފުރިހަމަ ނުވާނެ: ޚުޡުބާ

ފިޠުރު ޒަކާތް ޢީދު ނަމާދުގެ ކުރިން އަދާކޮށްގެން މެނުވީ ރޯދައިގެ ދަރުމަ ފުރިހަމަ ނުވާނެކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ރަމަޟާންމަހުގެ ފަހު ދިޔަ" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި މާތްﷲ ފަރުޟުކުރެއްވި އަޅުކަންތައް އަދާކުރާއިރު ވަރަށް ގިނަފަހަރަށް އުނިކޮށް އެކަންކަން ކުރެވޭ ކަމުގައެވެ. މިފަދަ އަޅުކަންތަކުގައި ހެދޭ ކުށްތަކާއި، ޖެހޭ ކުނި މިލަތަށް ފިލުވުމަށްޓަކާ ކައްފާރާތައް ލައްވާފައި ވާކަމުގައެވެ.

އުފަލުގައި ފަގީރުންނާއި މިސްކީނުންނާއި ނިކަމެތީން ބައިވެރި ކުރުމަށްޓަކައި، މާތްﷲ ފިތުރުޒަކާތް ފަރްޟު ކުރައްވާފައިވާ ކަމާއި އެއީ ކޮންމެ ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއްކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދިނެވެ. ރަމަޟާންމަސް ނިމި ފިތުރު އީދު އައުމުން ފިތުރުޒަކާތް ވާޖިބުވާ ކަމަށާއި އެއީ ފަގީރުންނަށް ތަނަވަސް ކޮށްދިނުމާއި އެމީހުންގެ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި ދިއްކޮށްލެވޭ އެހީގެ އަތެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

"ފިޡުރު ޒަކާތް ނެރުން ވާޖިބުވަނީ ޝައްވާލްމަހަށް ހަނދު ބެލުމުން ކަމުގައިވިޔަސް، ރަމަޟާންމަހުގެ ތެރޭގައި އެ ފަރުޟު އަދާކުރެވިދާނެއެވެ. ޝާފިއީ މަޒުހަބުގައި ރަމަޟާންމަހަށް ހަނދުބެލުމުން ފިތުރު ޒަކާތް ނެރެވިދާނެއެވެ. ޙަނަފީ މަޒުހަބުގައި ރަމަޟާންމަހަށް ހަނދު ބެލުމުގެ ކުރިންވެސް އެކަންތައް ކުރެވިދާނެއެވެ. ޢީދު ދުވަހު ޢީދު ނަމާދު ކުރުމުގެ ކުރިން ނުނެރެވިއްޖެނަމަ އެއީ ޒަކާތެއް ނޫނެނެވެ. އެހެންކަމުން ރައްކާތެރި ވުމުގެ ގޮތުން ރަގަނޅު ގޮތަކީ ޒަކާތް ނެރުން އަވަސް ކުރުމެވެ. ހުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުތުބާގައި ވަނީ ލައިލަތުލް ގަދުރި ވިލޭރޭގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ލައިލަތުލް ޤަދްރި ވިލޭރޭގެ އަޅުކަންކުރުން އެއްހާސް މައްސަރުގައި އަޅުކަންކުރުމާއި އެއްވަރު ކަމަށާއި ސަވާބާއި ދަރުމައިގެ ގޮތުން ލައިލަތުލްގަދްރި ވިލޭރޭ އަޅުކަންކުރުމަކީ ތިރީސް ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ސަވާބު މަތިވެރި ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

"އެހެންކަމުން އެއީ ރަމަޟާންމަހުގެ އެކާވީސް، ތޭވީސް، ފަންސަވީސް، ނަވާޥީސް، މިރޭތަކެވެ. ލައިލަތުލްގަދްރި ވިލޭރޭ ލިބޭތޯ، ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް މަސައްކަތް ކުރުން ލާޒިމު ވެގެންވެއެވެ." ހުތުބާގައި ވެއެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާން މަހު ރޯދަ ހިފުމަށްފަހު، ޝައްވާލު މަހު އިތުރު ހަ ދުވަހު ރޯދަ ހުފުމުން ތިރީސް ހަ ދުވަހު ރޯދަ ހިފުނީއެވެ. ކޮންމެ ރޯދަ އަކީ ދިހަ ހެޔޮ ކަމެވެ. ވީމާ އޭނާއަށް ތިންސަތޭކަ ފަސްދޮޅަސް ހެޔޮކަން ލިބޭނެތެވެ. އެއީ މުޅި އަހަރުގެ ދުވަސްތަކާއި އެއްވަރު އަދަދެއް ކަމަށް ހުތުބާގައި ވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *