logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ތިން ރަށެއްގައި މަސް ރައްކާކުރަން ކޯލްޑް ސްޓޯރޭޖް ގާއިމު ކުރަން ބިޑަށް ހުޅުވާލައިފި

ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން ގއ.ކޫއްޑޫ، ކ.ކަނޑުއޮތްގިރި އަދި މ.މުލަކުގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ލޮޓަކަށް ބަހާލައިގެންނެވެ. ލޮޓް އެކެއްގައި ހިމެނޭ ގއ.ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރް އިމްޕްރޫވްމަޓްގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ލޮޓް ދޭއްގައި ހިމެނޭ ކ.ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ލޮޓް ތިނެއްގައި މ.މުލަކުގައި 500 ޓަނުގެ ކޯލްޓް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ލިމިޓެޑް އިންޓަރނޭޝަނަލް ބިޑިންގ (އެލް.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ލޮޓަކަށް ބަހާލައިގެންނެވެ.

 ލޮޓް 1: ގއ. ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރް އިމްޕްރޫވްމަޓްގެ މަސައްކަތް

 ލޮޓް 2: ކ. ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތް

 ލޮޓް 3: މ. މުލަކުގައި 500 ޓަނުގެ ކޯލްޓް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ލިމިޓެޑް އިންޓަރނޭޝަނަލް ބިޑިންގ (އެލް.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1500(އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2023 އެޕްރީލް 14 އިން 2023 ޖޫން 8އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް އަށް (ރަމަޟާން މަހު: 09:30 އިން 13:00)،  މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 4ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

މިޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީ ތިރީގައި ބަޔާންކޮށްފައިވާ ޢަދަދަށް (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން) ކޮންމެ ލޮޓަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

 ލޮޓް 1: 35,000.00  (ތިރީސް ފަސްހާސް) ޔޫއެސް ޑޮލަރު

 ލޮޓް 2: 16,000.00  ( ސޯޅަ ހާސް) ޔޫއެސް ޑޮލަރު

 ލޮޓް 3: 12,000.00  (ބާރަ ހާސް) ޔޫއެސް ޑޮލަރު

ބީލަން ހުޅުވުން އޮންނާނީ 2023 ޖޫން 12 ވާ ހޯމަ ދުވަހުގެ 11:00:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *