logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: ވޯޓުލުން ކުރިޔަށް!

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިހާބުގައި ވާދަކުރަނީ 3 ކެންޑިޑޭޓުންނެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ ކެންޑިޑޭޓުންނެވެ. މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 ގެ ނިޔަލަށެވެ.

ވާދަކުރައްވާ ކެންޑިޑޭޓުން:

ކެންޑިޑޭޓް ނަންބަރު 0 1: ޙުސައިން ރިޟާ، ޝީވީޑް/ކ.ގުރައިދޫ (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 02 : އިބްރާހިމް ޝާޒް، ފައިވްރޯސް/ކ.ގުރައިދޫ. (އެމްޑީޕީ)

ކެންޑިޑޭޓް ނަންބަރު 02 : ޢަލީ އަރީފް، ފިޔާތޮށިގެ/ކ.ގުރައިދޫ. (އެމްއެންޕީ)

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 3423 މީހުންނެވެ. ވޯޓުލުމަށް ޖުމްލަ 06 ފޮށްޓެއް ވަނީ ބަހައްޓައިފައެވެ.

މިދާއިރާގައި ހިމެނެނީ ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *