logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

"ބެސްޓް ޓޫރިޒަމް ވިލެޖްސް 2023″ އަށް ވާދަކުރަން ބޭނުންވާ ރަށް ރަށުގެ ނަން ހުށަހަޅަން ހުޅުވާލައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023″ އަށް ވާދަކުރުމަށް ރަށްރަށުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓުރިޒަމް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ އެ ޕްރޮގްރާމަށް ކުރިމަތިލުމަށް  ރާއްޖޭގައި ލޯކަލް ޓޫރުޒަަމަށް  ހާއްސަ އަށް ރަށެއްގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާކަމުގައެވެ.

އެޕްރޮގްރާމްގައި ވާދަކުރަން ބޭނުންވާ ރަށްތަކުން 20 އޭޕްރީލް 2023 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ނަންހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެޕްރޮގްރާމް ގައި ބައިވެރިވެވޭނީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވެ ކުރިއެރުމަށް މަގުފަހިވެފައިވާ ރަށްތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ އާބާދީގެ ޢަދަދު 15،000 އަށް ވުރެ މަތިނޫން ރަށްރަށުންނެވެ. އެގޮތުން ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ގިނަވެގެން އަށް ރަށް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023″ އަށް ހުށަހަޅާނެ ކަމުގައި މިނިސްޓްރީއިން ބުންޏެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި، "ކެނޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަކުރުމަށާއި ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި ކުރިމަތިލާ ރަށްތަކަށް، އެ މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ ރަށްފުށުގެ ކުރިއެރުމާއި، ތަރައްގީ އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ މައި ވަސީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރަށްފުށުފަތުރުވެރިކަމަށް އަމާޒުކޮށްގެން 2021 ވަނައަހަރުން ފެށިގެން ޔޫއެންޑަބްލިއުޓީއޯ އިން ކުރިއަށް ގެންދާ ޕްރޮގްމެކެވެ. އެޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ގައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި، ރަށް ދުނިޔޭގެ ފެންވަރުގައި ވަނީ ފާހަގަކޮށްފައެވެ. އެ ޕްރޮގްރާމްގައި ބައިވެރިވެ ހޮވޭ އަވަށާއި ރަށްތައް ފަތުރުވެރިކަން ތަރައްގީކުރުމުގެ ލާމަސީލު ނަމޫނާއެއް ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަނގަކުރެއެވެ. އަދި "ބެސްޓް ޓޫރިޒަމް ވިލެޖް" ނެޓްވޯކްގައި ބައިވެރިވެ، އެނެޓްވޯކްގައި ހިމެނޭ އެހެން ގައުމުތަކާއި އެކު ފަތުރުވެރިކަމާއި ގުޅުންހުރި އެކި ޕްރޮގްރާމްތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތުވެސް އެރަށަކަށް ލިބެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *