logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024
ބޮޑު ވަޒީރަށް ހަމަލާދޭން އުޅެނު މީހާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ފޮޓޯ: އޭޕީ

ކެމްޕޭނުގައި އުޅުއްވަނިކޮށް ޖަޕާނުގެ ބޮޑުވަަޒީރަށް ހަމަލާދޭން އުޅެފި

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ އަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަޕާނުގެ ހުޅަނގުގެ ވަކަޔާމާ ޕްރިފެކްޗާގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ފުމިއޯ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށް މީހަކު ވަނި "ސްމޯކް" ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ބޮޑު ވަޒީރު ހުންނެވި ދިމާލަށް އެއްލާލާފައެވެ.

ބޮން އެއްލާލުމާއެކު ފުލުހުން ވަނީ ރައްކާތެރި ސަރަހައްދަށް ބޮޑު ވަޒީރު ގެންގޮސްފައެވެ. ބޮމުގެ ސަބަބުން ބޮޑުވަޒީރަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެ މައްސަލާގައި އުމުރުން 24 އަހަރުގެ ރިއުޖީ ކިމޫރާ ނަމަކަށް ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ، މިދިޔަ އަހަރުގެ ޖުލައި މަހު ޕާލަމެންޓް އިންތިހާބަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަކޮށްލިތާ ނުވަ މަސް ފަހުންނެވެ. އެ ހާދިސާގެ ސަބަބުން ލޯކަލް އަދި ނޭޝަނަލް ޕޮލިސްގެ އިސް ވެރިން އިސްތިއުފާ ދެއްވިއެވެ.

ފުމިއޯއަށް ހަމަލާ ދޭން މަސައްލަތް ކޮށްފައިމިވަނީ އަންނަމަ މަހުގެ 19-21 އަށް ބޮޑުވަޒީރު ކިޝިދާ ހިރޯޝީމާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓްގެ ކުރިން ޖަޕާނުން ގްރޫޕް އޮފް ސެވަން (ޖީ7) ގެ ވަޒީރުންގެ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *