logo minivan

English

އަންގާރަ, 16 ޖުލައި 2024
MP Shiyam
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމިނިންމުން ޕީޕީއެމުން ބަލައިނުގަންނަން: ޝިޔާމް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ލުވުމުގެ ވަގުތު އިިތުރުކޮށްފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު، އިލެކްޝަނުން ކުރިން ކަނޑައަޅާފައިވާ ވަގުތު ހަމަވާން ކުޑައިރު ކޮޅަކަށް ވެފައި ވަނިކޮށް، ވޯޓުލާން އޮތް ގަނޑި 5 ޖެހުމާއި ހަމައަށް އިތުރު ކުރުމުންނެވެ. އިލެކްޝަނުން ބުނެފަައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވޯޓު ލުމުގެ ވަގުތު 5 ޖެހުމާއި ހަމައަށް އިތުރު ކޮށްފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ އިލެކްޝަނުން ވަގުތު އިތުރުކުރީ ޕީޕީއެމްއާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތިކަމަށެވެ. ތިން ޕާޓީން ވާދަކުރާ އިންތިޚާބެއްގައި ހަމަ އެކަނި އެމްޑީޕީން ބޭނުންވި ގޮތަށް ވަގުތު އިތުރު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

 

މިއަދު ކުރިއަށްދާ އިލެކްޝަނުގައި 3 ޕާޓީއަކުން ވާދަކުރި އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފެވެ.

ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށީ ބަހައްޓާފައިވެއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮށްޓެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *