logo minivan

English

ބުދަ, 24 ޖުލައި 2024
ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށްދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށް ގުރައިދޫ ދާއިރާގެ ޕީޕީއެމުން ދަމަހައްޓަމުންދިޔަ ދިގު މާޒީ ނިމުމަކަށް ގެނެސްފިއެވެ.

ފާއިތުވި ފަނަރަ އަހަރުވެސް ޕީޕީއެމްއިން ތަމްސީލް ކުރަމުންދިޔަ މިގޮޑި އެމްޑީޕީން ކާމިޔާބުކުރީ ވާދަވެރި އިންތިޚާބަކަށްފަހު ޕީޕީއެމްއާއި، އެމްއެންޕީ ބަލިކޮށްފައެވެ. އެމްޑީޕީގެ ޝާޒް މިއިންތިޚާބު ކާމިޔާބުކުރީ ވާދަވެރިގޮތަކަށް ޕީޕީއެމްގެ ކެނޑިޑޭޓް ރިޒާއާއި ވާދަކޮށެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ޝާޒަށް ލިބިވަޑައިގަތީ 1340 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ރިޒާއަށް ލިބިވަޑަައިގަތީ 1226 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 114 ވޯޓެވެ.

އެހެންކަމުން، ގުރައިދޫ ދާއިރާއަށް ޝާޒު އިންތިހާބުވެވަޑައިގަތުމުން މަޖިލީހުގައި އެމްޑީޕީގެ އޮތް ސުޕާމެޖޯރިޓީ އިތުރަށް ވަރުގަދަވެ މެމްބަރުންގެ އަދަދު 68 އަށް އެރީ އެވެ.

ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ

ހުސައިން ރިޒާ (ޕީޕީއެމް) 1226
މުހައްމަދު ޝާޒް (އެމްޑީޕީ) 1340
އަލީ އަރީފް (އެމްއެންޕީ) 136

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ބޮޑު ސޭޓަށް މުބާރާތުގައި ބައިވެރި ވެލަންވެސް ނުކެރުނެވެ. ބައިކޮޅަށް ކުޅުވަން ހުތްދީގެން އުޅެނިކޮށް ތަފާތު ދައްކާލައިފިއެވެ. މިހާރު ކިންގ މޭކަރުގެ މޭކަރާނެއެވެ. ބޮޑު ބޮނޑި ބަންނަން ތިއްބާ ރީތި ލަނޑެއް ލިބޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *