logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އީދުގައި ކުލަ ޖެހުން ފިޔޮރީ ކައުންސިލުން މަނާކޮށްފި

ފިތުރު އީދު ނުވަތަ ކުޑަ އީދު ފާހަގަކުރަން އެއްވެސް ހަރަކާތަކާ ގުޅުވައިގެން އެ ރަށުގައި ކުލަ ޖެހުމަކީ މަނާކަމެއް ކަމަށް ގ.ދ ފިޔޯރީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

އެ ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އީދާ ގުޅުވައިގެން ކުލަ ޖެހުން މަނާކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 115 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭއްވުނު 04 ވަނަ ދައުރުގެ 57 ވަނަ އާއްމު ޖަލްސާއިން ކަމަށެވެ.

ކައުންސިލުން ބުނީ، އެފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި ދުރު ހިންދޫދީނުގެ މީހުން ކުރަމުންދާ ކަމަކަށް ވުމާއެކު މިކަމަކީ އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފްރަތު ކުރާކަމެއްކަމަށް ފާހަންހަގަކުރާ ކަމަށެވެ.

މިއީ ފިޔޯރީގައި އީދު ދުވަހު ކުލަ ޖެހުން މަނާ ކުރާ ދެވަނަ އަހަރެވެ. މިދިޔަ އަހަރުވެސް އެރަށުގައި އީދުގެ ކުލަ ޖެހުން އޮތީ މަނާ ކޮށްފައެވެ. މިކަން ފާހަގަކޮށް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރަށުގެ ކުދި ބޮޑު އެންމެން މިކަމަށް އެއްބާރުލުން ދެއްވުމަށް ރަށު ކައުންސިލުން ވަނީ އެދިފައެވެ.

ފިޔޯރީ ކައުންސިލުން ވަނީ އެ ކައުންސިލުން އަންގާ މިފަދަ އެއްގުންތަކަށް ރައްޔިތުން ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މި ފަހަކަށް އައިސް އެކި އެކި އިވެންޓް ތަކުގައި ކުލަ ޖެހުމުގެ ހަރަކާތަކީ ދިވެހިންގެ ތެރޭގައި އާންމު ވަމުން އަންނަ ކަމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *