logo minivan

English

އަންގާރަ, 16 ޖުލައި 2024

މިއަހަރުގެ މިސް އިންޑިއާ ރާޖަސްތާނުގެ ނަންދިނީ ކާމިޔާބު ކޮށްފި

ރާޖަސްތާނަށް އުފަން ނަންދީނީ ގުޕްތާ މިއަހަރުގެ ފެމިނާ މިސް އިންޑިއާ ވޯލްޑް ގެ ތަށި ކާމިޔާބު ކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ނަންދީނީ މިއަހަރުގެ ޔޫއޭއީގައި ބާއްވާ 71 ވަނަ މިސް ވޯލްޑް މުބާރާތުގައި ވެސް އޭނަ އިންޑިއާ ތަމްސީލުކުރާނެ އެވެ. އޭނާ އަކީ ބިޒްނެސް މެނޭޖްމަންޓުން ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ.

ރޭ ބޭއްވި ކުލަގަދަ ހަފުލާގައި ހޯސްޓްކޮށް ދިނީ ބޮލީވުޑްގެ ފަންނާނުން ކަމަށްވާ ބޫމީ ޕިޑްނޭކަރާއި މަނީޝް ޕޯލް އެވެ. އަދި އެ ހަފުލާގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭވަނީ ފޯރިގަދަ ސްޓޭޖް ހުށަހެޅުންތަކެއް ގެނެސްފައެވެ. އޭގެ އިތުރުން 30 ސްޓޭޓެއްގެ ސަގާފީ ފެޝަން ޑިޒައިން ތަކެއްވެސް ވަނީ ދައްކުވައިދީފައެވެ.

ފެމިނާ މިސް އިންޑިއާ ވޯލްޑް އިން ނަންދިނީ އެއްވަނަ ހޯދާފއިވާއިރު، ދެވަނަ ލިބުނީ ނިއު ދިއްލީ އަށް އުފަން ޝްރެޔާ ޕޫންޖާއަށެވެ. އަދި ތިން ވަނަ ލިބުނީ މަނިޕޫރަށް އުފަން ތޯނާހަމް ސްޓްރެލާ ލުވަންގެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *