logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ނައީމާގެ މަރާގުޅިގެން ބައެއްމީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފި

މި މަހުގެ ހަތްވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާ ވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އެރަށު ނައީމާ މޫސާ ގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެ ރަށު ބައެއް މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިފިއެވެ.

މަނަދޫ އިން މީހަކު ބުނިގޮތަގައި ނައީމާގެ އާއިލާގެ ބައެއް މީހުންނާއި ބައެއް އަވައްޓެރިންގެ  އިތުރުން އިތުރު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި އިނގިލީގެ ނިޝާން ވަނީ ނަގާފަ އެވެ.

ނައީމާ ގެ މަރުގެ ތަހުގީގަށް ވަރަށް ގިނަ ފޮރެސްނިކް ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދެއެވެ.

މި މައްސަލައާ ގުޅިގެން އި، ރަސްމީކޮށް ފުލުހުން އަދި މާ ގިނަ މައުލޫމާތު ހާމަ ނުކުރާ އިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސްނުވެއެވެ.

އެކަނި ދިރިއުޅުނު ނައީމާ މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވާތަ ދެ ދުވަސް ފަހުހުން ފުލުހުން ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރު އެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ނައީމާގެ ހަށިގަނޑު ވަނީ އެ ރަށުގައި ވަޅުލައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *