logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
president office

އިހްޔާ ފޯރަމްގައި މިރޭ ތަގްރީރުކުރައްވާނީ ޑރ. އަނާރާ އާއި އަލްއުސްތާޛާ އާއިޝާ ހަލީލާ

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ކުރިއަށްގެންދާ އިހްޔާ ފޯރަމްގެ 15 ވަނަ ފޯރަމްގައި މިރޭ ތަގްރީރުކުރައްވާނީ ޑރ. އަނާރާ ނަޢީމް އާއި އަލްއުސްތާޛާ އާއިޝާ ހަލީލާ އަބްދުއްސައްތާރު އެވެ.

މިރޭގެ މައުޟޫއަކީ ”މުޖުތަމައުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” މި މައުޟޫއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިރޭގެ ފޯރަމް ކުރިޔަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލްގައި ކަމަށާއި އެއީ ހުރިހާ އުމުރުފުރާތަކަށް ހުޅުވާލެވިފައިވާ ފޯރަމްއެއް ކަމަށެވެ.

މި ފޯރަމަށްފަހު، މިއަހަރު ބާއްވާ އިހްޔާ ފޯރަމްތަކުގެ އެންމެ ފަހު ފޯރަމް އޮންނާނީ މި ހަފްތާގެ ބުދަ ދުވަހު (19 އެޕްރިލް 2023) ގައެވެ.

ބުދަ ދުވަހުގެރޭ އޮންނަ ފޯރަމްގައި މާލޭގައި ބޭއްވި ހުރިހާ އިހްޔާ ފޯރަމްތަކުގެ ގުރުއަތުން، 1ވަނަ، 2ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތްތައް އިއުލާންކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *