logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ފާތިމަތު ސަލާހާ އައްޔަން ކޮށްފި

ރައީސުލްޖުމްހޫރިއްޔާ، ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ހއ.ފިއްލަދޫ، ނިއުސްޓާ، ފާތިމަތު ސަލާހާ، މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރައްވައިފިއެވެ.

މިއީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސް އައްޔަން ކުރެއްވި މަގާމެއްކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މި މަގާމަކީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގެ މަގާމެކެވެ.

ފާތިމަތު ސަލާހާ ވަނީ 2023 ވަނަ އަހަރު ޗާޓަރޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އޭނާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓްފިކެޓްޑް އެކައުންޓެންޓްސް ގެ މެންބަރެކެވެ.

ފާތިމަތު ސަލާހާ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ. މީގެ ކުރިން އޭނާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގައި މެނޭޖާ، ފައިނޭންސް އެންޑް އެކައުންޓްސް މަގާމު އަދާކުރައްވާފައެވެ. އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގައިވެސް އޭނާ ވަނީ މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަގާމު އަދާކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *