logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
އަލިފާނުގެ ހާދިސާ ގައި 16 މީހަކު މަރުވި

ދުބާއީގެ އެޕާޓްމެންޓެއްގައި ރޯވެ 16 މީހަކު މަރުވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގެ އެޕާޓްމަންޓްގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެެއްޖެއެވެ.

ދުބާއީ ސިވިލް ޑިފެންސް ފޯސް އިން ބުނީ އެޕާޓްމަންޓް އަލިފާނުގެ ހާދިސާއަކީ އިމާރާތުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކުރުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގެއް ހިންގަމުންނެވެ. ހާދިސާގައި މަރުވި މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ގާތްގަނޑަކަށް 3.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދުބާއީގައި ފާއިތުވި އަހަރުތަކުގައި އުސް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.

2017 ވަނަ އަހަރު އެ ސިޓީގެ އެންމެ ބޮޑު ޝޮޕިން މޯލް ކައިރީގައި ހަދަމުން ދިޔަ އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައެވެ. މީގެ ދެ އަހަރު ކުރިން އާ އަހަރާ ދިމާކޮށް ދުބާއީގެ ފަސް ތަރީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ބަޔަކު ޒަހަމްވިއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ