logo minivan

English

އަންގާރަ, 16 ޖުލައި 2024

26 ހަފްތާގައި ވިއްސި، ތުއްތު ކުއްޖަކު ސަލާމަތްކޮށްފި

ބަނޑަށް އެންމެ 26 ހަފްތާ ގައި ވިއްސާ، ޓްރީ ޓޮޕް ހޮސްޕިޓަލުން  ތުއްތު ކުއްޖަކު ސަލާމަތްކޮށްފި އެވެ.

ދުވަސް ނުފުރާ ވިހޭ އެ ތުއްތު ކުއްޖާއަކީ 26 ހަފްތާގައި ވިއްސައި ފަރުވާދިން ފުރަތަމަ ކުއްޖާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ތުއްތު ކުއްޖާ އުފަންވި އިރު ބަރުދަނުގައި އެއްކިލޯ ވެސް ހަމަނުވެއެވެ.

ދެ މަސް ދުވަހުގެ ފަރުވާ އަށް ފަހު މައިމީހާ އާއި ތުއްތު ކުއްޖާ މިހާރު ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ ކުރިން ވެސް ދުވަސް ނުފުރާ އެ ހޮސްޕިޓަލުން ވިއްސާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ދުވަސް ނުފުރާ ވިހެއުމަކީ މާބަނޑު މީހާގެ ބަނޑަށް 37 ހަފްތާވުމުގެ ކުރިން ވިހެއުމެވެ. ދުވަސް ނުފުރާ އުފަންވާ ކުދިންނަށްް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *