logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ

ނައީމާގެ މަރުގެ ހަގީގަތް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ސީޕީ ހަމީދު

ނ. މަނަދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ހަގީގަތް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި އަދުހަމް މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގެ ހަބަރެއް ޓެގް ކުރައްވައި ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ މަރުގެ މައްސަލައިގައި ވެސް ކުރި ހޯދުނީ, ފުލުހުންގެ ތަހުގީގު ޓީމާއި ފޮރެންސިކް ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

ހަމައެގޮތަށް ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ވެސް ފުލުހުން ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖައްސާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެ މަސައްކަތް ކުރަމުން އަންނަ އިންވެސްޓިގޭޓަރުންނާއި، ފޮރެންސިކްސް އަދި ލޯކަލް ޕޮލިސް ޓީމުން ފުރިހަމައަށް އެބައޮތް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އަނިޔާވެރި ގޮތަކަށް ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއުރު މިމަރާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *