logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އަތުވެއްޖެ: ރޮޒައިނާ

ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އަތުވެއްޖެކަމަށް އައްޑޫ މީދޫއާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމާ ގުޅިގެން އުނގޫރާފު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި ރޮޒައިނާ ކުރެއްވި  ޓުވީޓެއްގައި ވަނީ "ތިގެންގުޅޭ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިއްސަ މިއޮތީ" ކަމަށެވެ. ރޮޒައިނާ އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދުގެ ފޮޓޯފުޅު ދައްކަވައިގެން އެމްޑީޕީން ގޮނޑިތައް ކާމިޔާބުކުރި ވާހަކަ ބައެއް ފަރާތްތަކުން ދައްކާތީއެވެ.

ރައީސް ނަޝީދުގެ ފިކުރަށް ތާއީދު ކުރައްވާ އުނގޫރާފު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓްގައި ވަނީ އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއް ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ފައިސާއާ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓުހޯދާ ޕާޓީއަކަށް ބަދަލުކޮށްލުމަކީ، ވެރިކަމުގައި ނެތް ދުވަހަކުން މިޕާޓީ ވަރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ. އަދި އެއީ މާމޮޅު ކަމެއް ނޫން ކަމަށް ވަހީދުގެ ޓްވީޓްގައި ވެއެވެ.

ރޮޒައިނާގެ ޓްވީޓަށް ރައްދުދެއްވަމުން މެމްބަރު ވަހީދު ވިދާޅުވީ، “ވެހޭތާ ފެންނަގަން” ތިޔައުޅުއްވާ އުޅުއްވުމަށް، ކޮންމެހެން ޑިމޮކްރެސީއޭ ނުކިޔުއްވުމަށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީން ކާމިޔާބުކުރުމުން މިކާމިޔާބީއަކީ ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު އަނެއްކާވެސް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *