logo minivan

English

އަންގާރަ, 23 ޖުލައި 2024

މިރޯދަ މަހު ފުރަތަމަ ފަނަރައިގައި އެންމެ ގިނައީ އެކްސިޑެންޓްގެ މައްސަލަ : ފުލުހުން

މި ރޯދަމަހުގެ ފުރަތަމަ 15 ނިމުނުއިރު ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓް ގޮތުގައި ރިޕޯޓްކޮށްފައިވާ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން "މިނިވަން" އާ ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރޯދަމަހުގެ ފުރަތަމަ ފަނަރާގައި  މާލޭ ސަރަހައްދުން އެކަނި 151 އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާއިރު ޖުމްލަ 175 އެކްސިޑެންޓް ހުށަހާޅާފައިވެއެވެ.

މާލޭގެ އިތުރުން ދެން ޓްރެފިކް އެކްސިޑެންޑްގެ މައްސަލަ އެންމެގިނައީ އައްޑޫ ސިޓީގައެވެ. ފަަނަރަ ދުވަސް ތެރޭގައި އައްޑޫ ސިޓީއިން 9 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.

މި ރޯދަމަސް ފެށުނު ފަހުން ސިނަމާލެ ބްރިޖު މަތިންނައި ހައިވޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ އާންމުވެފަ އެވެ. އެގޮތުން ދެ ސައިކަލު ޖެހި ތިން މީހަކަށް ސީރިއަސް އަނިޔާ ވި އެކްސިޑެންޓަކާއި ، ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓް ގެ އިތުރުން ފޭސް ދޭއްގައި ވެސް މި މަހު ސީރިއަސް އެކްސިޑެންޓްތަކެއް ހިނގާފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *