logo minivan

English

އަންގާރަ, 23 ޖުލައި 2024
އާންމުވެފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ނައިފަރުގައި އަންހެން ހެދުން އަޅައިގެން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފިހާރައެއް ފަޅަން އުޅެފި

ޅ. ނައިފަރުގައި އަންހެން ހެދުން އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ، އެރަށު ފިހާރައެއް ފަޅަން އުޅެފިއެވެ.

ރޭ އިރާކޮޅު، އެރަށު "މާލް" ފިހާރަައިގެ ދޮރު ހުޅުވަން ބަޔަކު މަސައްކަތް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދިގުކޮށް ހެދުން ލައި ބުރުގާ އަޅައި މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނަކު، އެއްޗެއް ބޭނުން ކޮށްގެން ފިހާރައިގެ ތަޅު ހަލާކުކުރަން މަސައްކަތް ކުރިއެވެ. އެމީހުން ދެ މިނިޓެއްހާއިރު މަަސައްކަތް ކޮށްގެން ވެސް ދޮރު ނުހުޅުވުމުން އެނބުރި ދާތަން ވެސް ވީޑިއޯ ފުޓޭޖުން ފެނެއެވެ.

އާންމުކޮށް ރަމަޟާން މަހު ވައްކަމާއި ފޭރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ގިނަކަމަށް ފާހަގަ ވާއިރު މި ރޯދަމަހުގެ ފުރަތަމަ ފަނަރާގައި ވެސް ފޭރުމުގެ 15 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *