logo minivan

English

އަންގާރަ, 16 ޖުލައި 2024

ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒަށް ހުކުމް ކުރުން އީދު ބަންދަށްފަހު!

މާލޭގެ މޭޔަރު، އަދި ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދެއްވި މައްސަލައިގެ އަޑު އެހުންތައް ނިމި، އީދު ޗުއްޓީ އަށްފަހު ހުކުމް ކުރުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ހަސްމުން ހުލާސާ ބަޔާން ވަނީ އިއްވާފައެވެ. އަދި އެ މައްސަލަ ބައްލަވާ ގާޒީ މިސްބާހު ވިދާޅުވީ ރަސްމީ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

މުއިއްޒު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައެއްގައި ނެދަލޭންޑްސްގެ އާބިޓްރޭޝަން ކޯޓަކަށް އެ ރިސޯޓުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އޭރު ހައުސިންގ މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވިއިރު، ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން ވަނީ އުވާލާފައެވެ.

މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ވަނީ އެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ބުނާ ބަޔާނެއް ދީފައެވެ. ނަމަވެސް އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ އެއްވެސް މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވެސް ބަޔާން ދެއްވާފައިވެއެވެ.

އަދި ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު، އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށް ބުނެ ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެއެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ މުއިއްޒުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މުއިއްޒް ފްރޭމްކުރުން ދައުލަތުން އުޅޭ އުޅުން ފަލީހަތްވާނެ. ﷲ ގެ ޕްލޭން މާ ވަރުގަދަ.

  2. ދައުލަތުން އެބަޖެހޭ ސިޔާސީ ވާދަވެރިން ފްރޭމްކުރުން ހުއްޓާލަން. ލަދު

  3. މުއިއްޒުގެ އަބުރުކަތިލަން ސަރުކާރުން ކުޅޭ ގޭމެއް މިއީ. އިންޝާﷲ މައުސޫމްކަން ސާބިތުވާނެ

  4. ދައުލަތުން ހުށަހެޅި ހެކިން ކޯޓުގަ ހެކި ދޭންވެސް ބޭނުމެއް ނޫން. ހުށަހެޅި ޔައުމިއްޔާ ސައްހަ ނޫންކަމަށް ހެކިވެސް ދިން. މިވަރުން ވެސް އެބަ އިނގޭ ތިކުރަނީ ހަމަ ސީދާ އަބުރުކަތިލުން ކުރާ ދައުވާއެއްކަން.

  5. މިއީ ކަނޑައެޅިގެން ސިޔާސީ ދައުވާއެއް. އެހެނީ ދޮގު ބަޔާނެއް ދިންނަމަ ބަދަލް ދޭކަށް ނުޖެހުނީސްކަން ޔަގީން. ބަދަލް ދިނީ މިސަރުކާރުން. އެހެންވީމަ ވަރަށް ސާފު ސިޔާސީ ދައުާވާއެއް މިއީ.

  6. ނޫމަޑިން އެދުނީ 155 މިލިޔަން ނަގަން. އެކަމަކު މިސަރުކާރުން ތިބުނާ 55 މިލިޔަން ކޯޓުން ބޭރުން ދިނީ. މިވާނުވާ ސިކުޑިން ނިކަން ވިސްނާލަބަލަ. އޭރަށް އިނގޭނެ ގޯސްވީ ސަރުކާރުތޯ މުއިޒް ތޯ. މުއިއްޒުގެ އެއްވެސް މައްސަލައެއް ތީގަ ނެތް. ތީ ސިޔާސީ ދައުވާއެއް

  7. ނޫމަޑިއަށް ކޯޓުން ބޭރުން ބަދަލުދޭން އޯކޭ. އަދިވެސް ދޮގު ބަޔާން ދިންކަމަށް ދައުވާ ކުރަން އެބަވޭ. މީ ކިހިނެއްވާ ސަރުކާރެއް؟

  8. ނޫމަޑިއަށް ބަދަލުވެސް އެދިނީ މި ސަރުކާރުން ބޭނުން ވެގެން. ނުވިތާކަށް ދޮގު ދައުވާއެއް މުއިއްޒު މައްޗަށް އެކުރަނީ އެކަން ފޮރުވަން ވެގެން

  9. މިސަރުކާރުން މޭޔަރު މުއިއްޒު ޖަލަށް ލާން އުޅުނަސް މާތް ﷲ އިރާދަކުރެއްވިއްޔާ އެކަމެއްނުވާނެ. މިސަރުކާރުގެ ނާގާބިލްކަން ހާމަވާތީ އެންމެން ޖަލަށް ލައިގެންވެސް އުޅެނީ އެކަން ފޮރުވަން.

  10. ނޫމަޑި މައްސަލައަކީ ކޮވިޑުތެރޭގަ ރައްޔިތުން ބަނޑަށް ޖައްސާފަ ސަރުކާރު ބޮޑުން ރޯމާ ދުވާލު ރައްޔިތުންގެ ފައިސާއިން ކުރި ބޮޑު ވައްކަމެއް. ދޭން ނުޖެހޭ ފައިސާއެއް ކޯޓުގެ ބޭރުން ދީ 55 މިލިއަން ޑޮލަރުގެ ބޮޑު ވަގު ހިޔާނާތެއް

  11. ފުރަތަމަ ކަމަކަށް ދަޢުލަތުން ނޫމަޑިޔަށް ފައިސާ ބަހަންޖެހުނު ސަބަބެއްވެސް ބަލަން ޖެހެއެއްނު؟ މި މައްސަލަ ކޯޓުގަ އޮއްވާ ދައުލަތުން ކީއްކުރަން ކޯޓުންބޭރުން 55މ ޑޮލަރު ނޫމަޑިޔަށްދިނީ. ދައުލަތުން މިއޮތީ ބޮޑެތި ގޯސް ހަދާފަ.

  12. 800 މިލިއަން ރުފިޔާ ކޯޓު މައްސަލަ ނުނިމެނީސް ކޯޓުން ބޭރުގަ ދިނީ އިބޫގެ ޖީބަށް ބައި އަޅާފަ. ސިޔާސީ ދައުވާއެއް ކުރަނީ މޭޔަރގެ ކާމިޔާބީ ހަޖަމް ނުވެގެން.

  13. މުއިއްޒު ނޫމަޑިއާއި އެއްކޮޅަށް ހެކިބަސް ދީގެން ގޯސްވަންޏާ ކީއްކުރަންބާ ކޯޓުން ބޭރުން މިސަރުކާރުން 55 މިލިއަން ޑޮލަރު ނޫމަޑިއަށްދިނީ. އެއްވެސް ކަހަލަ ބުއްދި ގަބޫލްކުރެވޭ ކަމެއްނޫންމީކީ.

  14. އިބު ސޯލިހު ކިތަންމެ ވަރަކަށް މޭޔަރަށް ޖެއްސުން ކުރިއަސް މާލެ ރައްޔިތުން މޭޔަރ ބަލައިގެންފި. ޕީޕީއެމް މެޖޯރިޓީ ކައުންސިލެއް ހޮވައިފި. ސިޔާސީ ދައުވާ މަތި މައްޗަަށް ކުރިއަސް އިރާދަ ކުރެއްވިއްޔާ ތި ސިޔާސީ ދައުވާތައް ވާނީ ނާކާމިޔާބު. މޭޔަރގެ މައުސޫމް ކަން ހާމަ ވާނެ.

  15. ކޯޓުން ބޭރުގައި މަޝްވަރާކޮށް، އެ ކުންފުންޏަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިނީ ކޮން ބޭނުމަކު؟ ކެވުނު ވަރު މަދުވެގެންތަ މޭޔަރ ފަހަތުން މި ދުވަނީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *