logo minivan

English

ބުދަ, 24 ޖުލައި 2024

އެމްޑީޕީގެ ކުރީގެ ކައުންސިލަރު އައިމަން ޖޭޕީއާ ގުޅިއްޖެ

އެމްޑީޕީގެ ސްލޮޓްގައި މާލެ ސިޓީ ކައުންސިލު މެމްބަރުކަން ކުރެއްވި އައިމަން އިސްމާއިލް އެމްޑީޕީން ވަކިވެ ޖުމްހޫރީ ޕާޓީއާއި ގުޅިއްޖެއެވެ.

އައިމަން އަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި 2011 އިން 2014 އަށް އެޕާޓީގެ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާގެ މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަން ވެސް ވަނީ އަދާކޮށްފައެވެ.

ފަަހަކަށް އައިސް ޖުމްހޫރީ ޕާޓީއާއި ގުޅޭ މެމްބަރުން އިތުރުވަމުން އަންނައިރު، އައިމަން ވަނީ ޖޭޕީއާއި ގުޅުމަށްފަހު ފޯމު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި ހަވާލުކޮށްފައެވެ. އެޕާޓީން ދަނީ ވެރިކަމަށް ކުރިމަތިލާނެކަން އިއުލާންކުރި ހިސާބުން އެޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވަނީ މިއަހަރުގެ ރިޔާސީ އިންތިލާބަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ނިންމާފައެވެ. އެގޮތުން އިންތިހާބަށް ވަމުންދާ ތައްޔާރީގެ އެންމެ މުހިންމު އެއްމަސައްކަތަކީ 87 އިދާރީ ދާއިރާއަށް ރައީސުން ހޮވަން ނިންމި ނިންމުމެވެ.

ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *