logo minivan

English

އަންގާރަ, 16 ޖުލައި 2024

ނިއުޕްލާޒާ ބިންލްޑިންގ ގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

ނ. ނިއުޕްލާޒާ ބިންލްޑިންގ ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު ހަވީރު 5:26 އެހާކަންހާއިރު ކަމަށެވެ.

ހަމައެއާއެކު އެފްއާރުއެސްގެ ފަޔަރމަނުން ގޮސް ބެލި ބެލުމުން އަލިފާން ރޯވެފައި ވަނީ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުރި ކުނިތަކެއްގައެވެ. އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަަސައްކަތުން ކުނިތަކުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ހަވީރު 5:38 ހާއިރުއެވެ.

މި އިމާރާތަކީ މީހުން ދިރިނޫޅޭ ފަޅަށް ހުރި އިމާރާތެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް ވަނީ ބުނެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *