logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފޮޓޯީ: ރޮއިޓާސް

ޗައިނާގެ "ސިއްރު" ޕޮލިސް ސްޓޭޝަންތަކެއް އެމެރިކާގައި ހިންގި ބަޔަކު ހައްޔަރުކޮށްފި

އެމެރިކާގެ ނިއުޔޯކް ސިޓީގައި "ސިއްރު ޕޮލިސް ސްޓޭޝަނެއް" ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައިދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެކަން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޗައިނާގެ ފަރާތުން ނިއުޔޯކް ސިޓީގައި ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގަމުން ދަނިކޮށް ހައްޔަރުކޮށްފައިވަނީ ލިއު ޖިއާންވަންގް އާއި ޗެން ޖިންޕިން ނަމަކަށް ކިޔާ ދެ ފިރިހެނުންނެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް އެންގުމަކާ ނުލައި ޗައިނާ ސަރުކާރުގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ރޭވުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕޮލިސް ސްޓޭޝަން ބަންދުކުރީ ތަހުގީގު ކުރަމުންދާކަން ދައުވާ ލިބޭ ފަރާތްތަކަށް އެނގުމުންނެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ ޗައިނާ ސަރުކާރުގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަން ރޭވުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމަކާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާއަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ދެ މީހުން ބްރޫކްލިންގެ ކޯޓަށް ހާޒިރުވާން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ