logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

816 މިލިއަން ރުފިޔާ ލޯނު ދައްކަން ހޭދަކޮށްފި

ދައުލަތުން މިއަހަރު ލޯނު ދެއްކުމަށް 816 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 816.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ކުރި ހަރަދަށްވުރެ 182.2 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހޭދަކުރީ 634.7 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ބަޖަޓުގައި އަންދާޒާކޮށްފައިވާ ގޮތުން، ލޯނުތައް އަނބުރާ ދެއްކުމަށް 2.1 ބިލިއަން ރުފިޔާ ހޭދަވާނެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު 12.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން 8.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި 3.9 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ