އީދު ބަންދުގައި އައިޖީއެމްއެޗުގެ ސްޕެޝަލިސްޓު އޯޕީޑީ ހިދުމަތްތައް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިތުރު އީދާ ދިމާކޮށް، ހުކުރުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.
އެގޮތުން ސްޕެޝަލިސްޓް އޯޕީޑީ އާއި އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތަައް ފިޔަވައި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މެދުކަނޑާލާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
— IGMH (@igmhmv) April 19, 2023
ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑުނު ނަމަވެސް ޓްރޯމާ އަދި އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.