logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024
ފޮޓޯ:ޕީއެސްއެމް

ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ، ގާޒީ ހަސަން ސައީދު ރިޓަޔާ ކުރަން ނިންމީ، 20 މާޗް 2023 ގައި އޮތް އެ ކޮމިޝަނުގެ ބައްދަލުވުމުގައި، އުމުރުން 55 އަހަރު ވެފައިވުމާ އެކު އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކަމުގައެވެ.

ހަސަން ސައީދު، ރިޓަޔާކުރެއްވީ، މިއަދުން ފެށިންނެވެ. އޭނާ ވަނީ، 21 އަހަރު ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ހަސަން ސައީދު މީގެ ކުރިން  ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރެއްވިއެވެ.

ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި އޭނާ ހުންނެވި ދުވަސްވަރުގައި ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއްގައި ދާދި ފަހުން އެ ކޮމިޝަނުން ވަނީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމާ، އަލުން އެމައްސަލަ ސާބިތުނުވާ ކަމަށް ވެސް ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *