logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
ފޮޓޯ: ސޯޝަލް މީޑިއާ

ކުލަޖަން އުޅެނިކޮށް އަނިޔާވި ޒުވާނާ މާލެގެނެސްފި

ފުވައްމުލަކު ސިޓީ ގައި އީދު ކުޅުމުގެ ތެރޭގައި، އެއްލި ކުލަ ފެން ކޮތަޅަކުން ސަލާމަތްވާން  އުޅެނިކޮށް ސައިކަލުން ވެއްޓި އަނިޔާވި ޒުވާނާ އިތުރު ފަރުވާ އަށް ރޭ މާލެ ގެނެސްފި އެވެ.

ފުވައްމުލަކުން މައުލޫމާތު ލިބުނުގޮތުގައި އަނިޔާވީ  20 އަހަރުގެ އަންހެނަކަށެވެ. އޭނާ އަށް އަނިޔާވީ މަގުމަތީގައި ފެން ޖަހަން އުޅުނު ބައެއްގެ ކައިރިން ނެއްޓުމަށް ސައިކަލު ބާރު ކޮށްލިތަނާ ވެއްޓިގެންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ އޭނާ  ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނޭފަތުންނާއި ކަންފަތުން ލޭ އައިސް ބޮލަށް ވެސް އަނިޔާތަކެއް ވެފައިވާތީ، އިތުރު ފަރުވާ އަށް މާލެ ފޮނުވާލީ ކަމަށެވެ.

އިއްޔެ އެއްގަޑި އިރު ތެރޭގައު ފުވައްމުލަކުގައި 3 އެކްސިޑެންޓް ހިނގާފައިވެއެވެ.

އީދު ކުޅިވަރު ކުޅުމުގައި، ވަރަށް ގިނަ ފަހަރު އަނެކާގެ ކަރާމާތަށް އަރާގަނެވި، އަނިޔާ އާއި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާތައް ވެސް ހިނގާފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *