logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ސޫދާނުގެ ހާލަތަު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ފޮޓޯ: އޭއެފްޕީ

ސޫދާން ހަނގުރާމަ: 400 މީހަކު މަރުވެއްޖެ

ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 400 މީހަކު މަރުވެ 3511 މީހަކު ޒަހަމްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް އދ.ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސިއްހީ މަރުކަޒުތަކަށް އެގާރަ ހަމަލާއެއް ދީފައިވާ ކަމަށާއި އޭގެ ތެރެއިން 10 ހަމަލާ އަކީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިން ހަމަލާތަކެއް ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން 20 ސިއްހީ މަރުކަޒުގެ ހިދުމަތްތައް ހުއްޓި، މިހާރުން މިހާރަށް ފަރުވާ ދޭންޖެހޭ ފަރާތްތައް ހިމެނޭގޮތަށް ހާލުގައި ޖެހިފައިވާ މީހުންގެ ސިއްހީ ހިދުމަތް ލިބުމަށް ބުރޫއަރާފައިވާ ކަމަށެވެ.

އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފުން ވެސް ވަނީ މި ހަމަނުޖެހުންތަކުގައި ނުވަ ކުއްޖަކު މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަން ހާމަކޮށްފައެވެ. ހަނގުރާމަ ކުރިއަށްދާހާ ހިނދަކު އަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ޔުނިސެފުން ލަފާކުރެއެވެ.

"ކާބޯތަކެއްޗާއި ފެނާއި ބޭސް ހުސްވެދާނެތީ އެމީހުން ތިބީ ހާސްވެފައި" ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވިއެވެ. ޖޭމްސް ވިދާޅުވީ 50،000 ކުދިން ތިބީ ނުރައްކަލަށް ހުށަހެޅިފައި ކަމަށެވެ.

ހަމަނުޖެހުންތައް އިތުރުވުމުގެ ކުރިންވެސް ސޫދާނުގައި ތިން ބައިކުޅަ އެއްބައި ކުޑަކުދިން ދިރިއުޅެމުން އައީ ވަރަށް ފަގީރު ހާލެއްގައި ކަމަށް ޔުނިސެފުން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *