ދެކުނުގެ ރަށެއްގައި 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ދެކުނު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް، އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޖެހިގެން އައި ދުވަހު އުމުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް 30 ދުވަހުގެ މުއަދަތެއް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެކުނުގެ އެރަށުން، "މިނިވަން" އާ ވާހަކަދެެއްކި މީހަކު ބުނިގޮތުގައި އެރަށުގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރީ އެ ކުއްޖާގެ ދޮންބައްޕަ އެވެ.
ދެކުނުގެ ރަށަކުން، 11 އަހަރުގެ ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންގޮސްގެން ދެ މީހަކު ޖިންސީ ގޯނާ ކުރި މައްްސަލައެއް ވެސް އިއްޔެ ވަނީ ފެންމަތިވެފައެވެ.