logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
ފޮޓޯ: ޕީއެސްއެމް

އޯލެވެލް އަދި އޭލެވެލް އިމްތިހާން ފެށިއްޖެ

މިއަހަރުގެ އޯލެވެލް، އައި.ޖީ.އެސް.އީ އަދި އޭލެވެލް، އެސް.އެސް.ސީ އިމްތިހާން މިއަދު ފެށިއްޖެއެވެ.

ފުރަތަމަ އިންތިހާނެއްގެ ގޮތުގައި މިއަދު ކުރިއަށްދަނީ އިސްލާމީ ތަރުބިއްޔަތުގެ ކަރުދާސް 1ގެ އިމްތިހާނެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު އިންތިހާނުގައި އިށީންނަ ކެންޑިޑޭޓުންގެ އަދަދު 444 އިތުރުވެފައިވާއިރު، މިއަހަރު އެސް.އެސް.ސީ އިމްތިހާނުގައި 6107 ކެންޑިޑޭޓުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޭމްބްރިޖް އައި.ޖީ.އެސް.އީ އިމްތިޙާނުގައި މިއަހަރު 6698 ކެންޑިޑޭޓުން ބައިވެރިވާއިރު، އެއީ މިދިޔަ އަހަރަށް ވުރެ 759 ކެންޑިޑޭޓުން އިތުރު އަދަދެއް ކަމަށެވެ.

މިއަހަރުގެ އައި.ޖީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުތައް އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް 244 ސެންޓަރެއްގައި މިއަދުން ފެށިގެން ކުރިޔަށްދާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *