ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ނަން އިއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނެރެފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުވަނީ މަޖިލިސް ރައީސްގެ މޭޒުކޮޅު ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވައި ޖަލްސާއަށް ހުރަސް އަޅުއްވާފައެވެ.
ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމާއެކު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވާފަ އެވެ. އަދި މަޖިލީހުގެ ޗެމްބަރު ދޫކުރައްވާ ވަޑައިގަތުމަށް ޖާބިރުއަށް އެންގެވި އެވެ.
މަޖިލީހުގެ ޗެމްބަރުން ޖާބިރު ނިކުމެވަޑައިގަންނަވަންދެން މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި އެވެ.
އެއިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އާމިނަތު ޝައުނާ އާއި ސުވާލު ކުރުމަށް އެޖެންޑާކުރައްވާފައެވެ.