logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

އެމްއެންޑީއެފްގެ މޭޖަރ އަލީ ސަލީމް ނިޔާވެއްޖެ

އެމްއެންޑީއެފްގެ މޭޖަރ އަލީ ސަލީމް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

މޭޖަރ އަލީ ސަލީމް ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޝަމާލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ހިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވީ ހަބަރު އެހީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށެވެ. އަދި މޭޖަރ ސަލީމް ގެ އާއިލާ އަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަމާލް ގެ ޓްވީޓްގައި ވިދާޅުވީ، މޭޖަރ ޢަލީ ސަލީމަކީ، ދިވެހި އަސްކަރީ ހިދުމަތުގައި އިހްލާސްތެރިކަމާއި ވަފާތެރިކަން މަތީ 34 އަހަރު ދުވަހު އަގުނުކުރެވޭފަދަ އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކަމަށާއި،  ހާއްސަކޮށް، ފަޔަރ ފައިޓަރުން ތަމްރީން ކުރެއްވުމުގައި އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވޭކަމަށެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *