logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ފުވައްމުލަކުގައި 11 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ބަންދަށް ވަނީ ކޯޓުން ފަސް ދުވަހުގެ މުއްދަތު ޖަހާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޑަ ކުއަޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރިޕޯޓްކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުން ކަމަށެވެ.

މީގެ އިތުރުނަ ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާ ގުޅިގެން ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ، އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިގޮތުން ހައްޔަރު ކޮށްފައިވަނީ އެކުއްޖާގެ ދޮން ބައްޕައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ