logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
ރައްޔިތުންގެ މަޖިލިސް

ދައުރު ނިމި މާދަމާ މަޖިލިސް ޗުއްޓީއަށް

މިއަހަރުގެ ފުރަތަަމަ ދައުރު ނިއްމާ، މާދަމާ މަޖިލިސް ޗުއްޓީއަށް ދާނެކަމަށް މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާއަށްފަހު މާދަމާ މެންދުރު 12 ގައި މިދައުރު ނިމޭނެކަމަށް މިއަދުގެ ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވިއެވެ.

"މާދަމާއަކީ އިރާދަކުރެއްވިއްޔާ މަޖިލިސް ޗުއްޓީއަށްދާ ދުވަސް. އަޅުގަނޑު ގަސްތުކުރަނީ މާދަމާ މެންދުރު 12 ޖަހާއިރު މަޖިލިސް ނިންމަން. މާދަމާއަކީ މި ދައުރުގެ އެންމެ ފަހު ބުރާސްފަތި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖްލިސް ދެހަފްތާއަށް ޗުއްޓީއަށްދާއިރު، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއާ ބެހޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓްރު މުހައްމަދު އަސްލަމް ވަނީ ސޯޝަލް ހައުސިން އާ ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *