logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ވެމްކޯ އިން ކުނި އުކަން ހާއްސަ ކޮތަޅުވިއްކަން ފަށައިފި

ވެމްކޯ އިން ކުނި އުކަން ހާއްސަ ކޮތަޅު "ބިންލައިނާ" ވިއްކަން ފަށައިފިއެވެ.

ވެމްކޯ އިން ބުނީ އެއް ފަހަރާ 24 ބޮނޑި ކޮތަޅަށް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށާއި އަގުހެޔޮކޮށް ކޮތަޅު ލިބޭނީ ގިނައިން އެގޮތަށް ގިނައިން ގަތުމުން ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ފެށިގެން ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަމުންދާތީ ރައްޔިތުންނަށް އަންނަނީ ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން ރައްކިތުންނަށް އެކަމަށް ލުޔެއް ގެނެސްދިނުމަށް ވެމްކޯ އިން ވަނީ ބިންލައިނާ ވިއްކަން ފަށާފައެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް މިހާރު އިސްލާހު ހުށަހަޅާފައިވާނެ ކަމަށް ވެންކޯ އިން ބުނެއެވެ.

ވެމްކޯ އިން ބުނީ ބިންލާއިން ގަންނަން ލިބޭނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރޮންޓް އޮފީހުން ކަމަށެވެ. އަދި އޮންލައިންކޮށް ޕްރިއޯޑާ ވެސް ކުރެވޭނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިކޮތަޅަކީ މިމީހުންގެ ހިއްސާ އޮންނަ ހުޅުމާލޭގައި ހިންގާ ޕްލާސްޓިކް ކޮތަޅު ފެކްޓަރީގައި އުފައްދާ ކޮތަޅެވެ. ކޮރަޕްޝަނަކީ ކޮބައިހެއްޔެވެ؟ ބޭރުން އެތެރެ ނުކުރެވޭނެ ގޮތަށް ރެޑީމޭޑް ކޮތަޅުގެ އިމްޕޯޓް ޑިޔުޓީ ބޮޑު ކޮއްފާ ރޯމެޓީރިއަލް އެތެރެކޮއްގެން މިމީހުން ވަކިން ހިންގާ ވިޔަފާރިއެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *