logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޗާގޯސް މައްސަލައިގައި އިދިކޮޅު މެމްބަރުން މަޖިލީގައި އިހުތިޖާޖު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން، ޗާގޯސް މައްސަލައިގައި އިހުތިޖާޖްކޮށްފިއެވެ.

އެ މެންބަރުން އިހުތިޖާޖު ކޮށްފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ދޫކޮށްލުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެއެވެ.

މެމްބަރުން ތެދުވެ އަޑުގަދަކުރަން ފެއްޓުމުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރުނެވެ.

މިއަދުގެ ޖަލްސާގައި ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އެނޫން ވެސް އިދިކޮޅު ކޯލިޝަނުގެ މެމްބަރުން ވަނީ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު މޮރިޝަސް އާ ފުށުއަރާ މައްސަލައާ ގުޅިގެން ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލާފައެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރު ވާހަކަ ދައްކަވަނިކޮށް ހުރަސް އަޅުއްވާ، ޗާގޯސް މައްސަލާގައި ނުރުހުން ފާޅުކުރައްވާ، ޝިޔާމް ވަނީ އަޑުގަދަ ކުރައްވާފައެވެ. އެހެންވެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް އެދިވަޑައިގެން އެންމެ ފަހުން ޝިޔާމްގެ ނަންއިއްވަވާފައެވެ.

ޗާގޯސް މައްސަލައާ ގުޅިގެން އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވާއިރު އެ މައްސަލަ މަޖިލީހުން ވަނީ ބަލައިގަނެފައެވެ.

މިއަދު އޮތީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހުޖަލްސާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ