logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
ފޮޓޯ: އާބަންކޯ

ތިލަފުށީ ފަޅަށް ދޫކޮށްލާފައިވާ އުޅަނދުތަކެއްގެ ވެރިން ހޯދަނީ

ތިލަފުއްޓާއި ގުޅިފަޅަށް ދޫކޮށްލާފައިވާ 80 އުޅަނދެއްގެ ވެރިފަރާތް ހޯދަން އާބަންކޯއިން އިއުލާންކޮށްފިއެވެ.

އާބަންކޯއިން ވަނީ، ތިލަފުއްޓާއި ގުޅީފަޅުތެރެއަށް ދޫކޮށްފައި ހުރި އުޅަނދުތަކާއި ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހިމެނޭހެން 80 އުޅަނދެއްގެ މައުލޫމާތާއި ފޮޓޯ އާންމުކޮށްފައެވެ.

އެ އުޅަނދުތައް ނެގުމަށް އަންގަވާފައިވަނީ " ކ.ތިލަފުއްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު ޢަމަލުކުރުމުގެ އުސޫލު"ގެ ދަށުންނެވެ. އެގޮތުން އެ ސަރަޙައްދުގައި ހުރި އުޅަނދުގެ ތެރެއިން އެ ސަރަޙައްދަށް ދޫކޮށްލާފައިވާ އަދި އެ ސަރަޙައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް، އެ އުޅަނދުތަކުގެ ވެރިފަރާތުން ނެގުމަށް ވަނީ އަންގަވާފައެވެ. އަދި އެއުޅަނދުތަކުގެ ވެރިފަރާތް އާބްންކޯއަށް އެންމުމަށް ވެސް އެކުންފުނިން އެދެއެވެ.

އާބްނކޯއިން އާންމުކޮށްފައިވާ 80 އުޅަނދުގެ ތެރެއިން ބައެއް އުޅަނދު

މި އުޅަނދުތައް ނެގުމަށް އާބްނަކޯއިން ވަނީ 30 ދުވަހުގެ މުއްދަތެއްދީފައެވެ.

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރުވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނައިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވާކަމުގައި އާބަންކޯއިން ބުނެއެވެ.
މިގޮތަށް މި އުޅަނދުތައް ނުނަގާ ހުރެއްޖެ ނަމަ ކަނޑައަޅާ ވަކި މުއްދަތަކަށްފަހު އެތަކެތި ނީލަންކިއުމާއި ނައްތާލުމުގެ ބާރުވެސް އާބަންކޯއަށް ލިބިގެންވާކަމަށް އެކޯަރޭޝަނުން ބުނެއެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *