logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ގާސިމްގެ ސިޓީއެއް އިޓްލޮސް އަށް

ޗާގޯސް މައްސަލައިގައި މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ، (އިޓްލޮސް) އިން ހުކުމްކުރަން ތައްޔާރުވެފައިވަނިކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް އެޓްރައިބިއުނަލަށް ސިޓީއެއްފޮނުއްވާފައިވާކަމަށް ވިދާޅުވެއްޖެއެވެ. 

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ އެމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި އެމަނިކުފާނު ފޮނުއްވި ސިޓީއެއްކަމުގައެވެ. 

"… ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާން ކޮށް އިޓޮލްސް އަށް އަޅުގަނޑުމިއަދު ފޮނުވި ސިޓީ އަކީ، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، އަދި ރައީސުލް ޖުމްހޫރިއްޔާ މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ" ގާސިމް ވިދާޅުވިއެވެ.

އިއްޔެ ފޮނުވާފައިވާ އެސިޓީގައި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ މަޑުޖައްސާލަދޭން ޖުމްހޫރީޕާޓިން އެދިފައިވެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް އެ މައްސަލަ މަޖުޖައްސަން އެދި އިޓްލޮސްއަށް ސިޓީއެއް ފޮނުވާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *