logo minivan

English

ބުދަ, 04 ޑިސެމްބަރ 2024
ކުއްލި ޚަބަރު

ޗާގޯސް މައްސަލަ ރާއްޖެ ކާމިޔާބުކޮށްފި

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމައިފި އެވެ.

އިޓްލޮސް އިން ނިންމީ ފުށު އަރާބައި ‘އިކުއި ޑިސްޓެންސް’ގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލާ މެދު ހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން  މިން އެޅުމަށް މޮރިޝަސް އިން ބުނުމުންނެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

މިއަދު އިޓްލޮސް އިން ނިންމީ އިކުއި ޑިސްޓެންސްލައިން ކުރެހުމުގައި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް ނުބެލުމަށެވެ.

އެއީ މޮރިޝަސްގެ އައްސޭރި ސަރަަހައްދެއް ނޫންކަމަށް ބުނެ، އެކަން ސާބިތުކުރުމަށް ރާއްޖޭން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ހުށަހަޅާފަ އެވެ.

ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅައިފަ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *